ދިއްގަރު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުން ފާހަގަކޮށްފި
27 އޯގަސްޓު 2022

ރައީސުލްޖުމްހޫރިއްޔާ
އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅުގެ ފަސްރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި،
މ. ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަކޮށްފި އެވެ.
ދިއްގަރު
ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް 154،298،440.75
ރުފިޔާ އަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ޕލކ
(އެމްޓީސީސީ) އަށް ހަވާލުކޮށްފައި ވަނީ 10 ނޮވެމްބަރު 2020 ގައެވެ. މި
މަސައްކަތުގެ އަމަލީ މަސައްކަތް 27 މާރިޗު 2021 ގައި ފަށާ ގޮނޑުދޮށް
ހިމާޔަތްކުރުމުގެ މަސައްކަތް 26 އޮގަސްޓު 2022 ގައި ވަނީ ނިމިފަ އެވެ.
މި
މަޝްރޫޢުގެ ދަށުން، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން ގިރާ
ސަރަހައްދުތަކަށް ވެލި އަޅައި 701.6 މީޓަރުގެ ހިލަތޮށި ވަނީ ގާއިމްކޮށްފަ އެވެ.
އަދި، 414.5 މީޓަރުގެ ރިވެޓްމަންޓު ޖަހައި، 287.1 މީޓަރުގެ ހުރަސްތޮށި ޖަހައި
109،556.00 ކޮޑި މީޓަރުގެ ވެލިން ބެކް ފިލް ކުރުމާއި ގޮނޑުދޮށް
މުއްސަނދިކުރެވުނެވެ.
ދިއްގަރު
ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުން ފާހަގަކުރުމަށް ބޭއްވި
ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް އަދި
މިނިސްޓްރީ އާއި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.