ޑިޒައިން އެންޑް ބިލްޑް އުސޫލުން ރ. ކިނޮޅަސް ބަނދަރު ހެދުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި

08 ނޮވެމްބަރު 2021

ޑިޒައިން އެންޑް ބިލްޑް އުސޫލުން ރ. ކިނޮޅަސް ބަނދަރު ހެދުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި
ޑިޒައިން އެންޑް ބިލްޑް އުސޫލުން ރ. ކިނޮޅަސް ބަނދަރު ހެދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ، ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.
މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭ 15،252 ކިއުބުކް މީޓަރ (މެދު ދިޔައިން ފެށިގެން -3.0 މީޓަރ ހަމަވާ ވަރަށް) ބަނދަރު ފުންކުރުމާއި، 31،726 ކިއުބިކް މީޓަރ (މެދު ދިޔައިން ފެށިގެން -3.5 މީޓަރ ހަމަވާ ވަރަށް) ބަނދަރަށް އިތުރު ކުރެވޭ ބައި ފުންކުރުމާއި، 1،920 ކިއުބިކް މީޓަރ (މެދުދިޔައިން ފެޑިގެން -4.0 މީޓަރ ހަމަވާ ވަރަށް) ބަނދަރަށް ވަންނަ ނެރު ފުންކުރުމާއި، 162 މީޓަރ ގްރޮއިން ޖެހުމާއި، 285 މީޓަރ  ބޮޑުހިލައިން ބޭރުތޮށި ޖެހުމާއި، 65 މީޓަރ ރިވެޓްމަން ޖެހުން ހިމެނެ އެވެ. އަދި 186 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުމާއި، 160 މީޓަރ ކޮންކްރީޓް ކާރބް ޖެހުމާއި، 186 މީޓަރ އެއްގަމު ތޮށިޖެހުމާއި 10 މޫރިންގ ބޮއި ހަރުކުރުން ހިމެނެއެވެ.
45،124،961،61 ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުއަކީ 420 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.