ޑިޒައިން އެންޑް ބިލްޑް އުސޫލުން ބ. ހިތާދޫ ބަނދަރު ހެދުމަށް އެމްޓީސީސީ އާއި ހަވާލު ކޮށްފި

08 ނޮވެމްބަރު 2021

ޑިޒައިން އެންޑް ބިލްޑް އުސޫލުން ބ. ހިތާދޫ ބަނދަރު ހެދުމަށް އެމްޓީސީސީ އާއި ހަވާލު ކޮށްފި
ޑިޒައިން އެންޑް ބިލްޑް އުސޫލުން ބ. ހިތާދޫ ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލު ކޮށްފި އެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ، ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމް އެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 14،929.60 ކިއުބިކް މީޓަރ (މެދު ދިޔައިން ފެށިގެން -3.5 މީޓަރ ހަމަވާވާ ވަރަށް) ބަނދަރު ފުން ކުރުމާއި، 4،101 ކިއުބިކް މީޓަރ (މެދު ދިޔައިން ފެށިގެން -4.0 މީޓަރ ހަމަވާ ވަރަށް) ބަނދަރަށް ވަންނަ ނެރު ފުންކުރުމާއި، 22 މީޓަރ ގްރޮއިން ޖެހުމާއި، 70 މީޓަރ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުން، 90 މީޓަރ ރިވެޓްމަންޓް ޖެހުން، 350 މީޓަރ އެއްގަމު ތޮށި މަރާމާތުކޮށް ޖިއޯޓެކްސައިލް ޖެހުމާއި، އެއްގަމު ތޮށިން ބޭޜުތޮއްޓަށް އެރުމަށް ބްރިޖެއް އެޅުން ހިމެނެއެވެ.
17،705،837.20 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 540 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.