ސިވިލް އިންޖިނިއަރިންގ ޕްރޮގްރާމުތަކުގެ އެކަޑަމިކް ސްޓޭންޑާޑް އެކުލަވާލުމަށް އެމްއެންޔޫއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

22 މޭ 2023

ސިވިލް އިންޖިނިއަރިންގ ޕްރޮގްރާމުތަކުގެ އެކަޑަމިކް ސްޓޭންޑާޑް އެކުލަވާލުމަށް އެމްއެންޔޫއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
ސިވިލް އިންޖިނިއަރިންގ ޕްރޮގްރާމުތަކުގެ އެކަޑަމިކް ސްޓޭންޑާޑް އެކުލަވާލުމަށް މި މިނިސްޓްރީއާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. 
މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާއެއްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ކޮންސްޓަކްޝަން އިންޑަސްޓްރީ  ޑިވަލޮޕްމަންޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ތަލްހަތެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފެވެ. 
މި އެއްބަސްވުމުގެ ދަށުން ޑިޕްލޮމާ، އެޑްވާންސް ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ރާއްޖޭގައި ހިންގާ ސިވިލް އިންގިޖިއަރިނގް ޕްރޮގްރާމްތަކުގެ މިންގަނޑު އެކުލަވާލުމުގެ މަސައްކަތް ކުރާނެ އެވެ. މި މިންގަނޑުތައް އެކުލަވާލާނީ ޢިމާރާތްކުރުމުގެ ފަންނީ އަދި ޓެކްނިކަލް ދާއިރާތަކުގެ ޢިލްމީ ޕްރޮގްރާމްތަކުގެ ގަވާއިދުގެ ދަށުން ރާއްޖޭގައި ހިންގާ ޢިމާރާތްކުރުމުގެ ފަންނީ އަދި ޓެކްނިކަލް ދާއިރާތަކުގެ ޢިލްމީ ޕްރޮގްރާމްތައް ބަލައިގަތުމާއި، ޓެކްނިކަލް އެޕްރޫވަލް ދިނުމަށް އެ ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުންނެވެ. 
387،000 ރުފިޔާއަށް މި އެއްބަސްވުން އެމްއެންޔޫއާ ހަވާލުކޮށްފައިވަނީ 60 ދުވަހުގެ މުއްދަތަކަށެވެ.