ބ.ދަރަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

25 ޖެނުއަރީ 2023

ބ.ދަރަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ބ.ދަރަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤްއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.
މި އެއްބަސްވުމުގެ ދަށުން ދަރަވަންދޫ ބަނދަރު 1،843 ކިއުބިކް މީޓަރ (މެދު ދިޔައިން ފެށިގެން 3.0- މީޓަރ ހަމަވާ ވަރަށް) ފުންކުރާނެ އެވެ. އަދި އަލަށް އިތުރު ކުރެވޭ ބަނދަރުގެ ބޭސިން 30،504 ކިއުބިކް މީޓަރ (މެދު ދިޔައިން ފެށިގެން 3.0- މީޓަރ ހަމަވާ ވަރަށް ފުންކުރާނެ އެވެ. މީގެ އިތުރުން 352 މީޓަރ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުން، 83 މީޓަރ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން، 24 މީޓަރ ބޮޑުހިލައިގެ ގްރޮއިން ޖެހުން އަދި 248 މީޓަރ އެއްގަމު ތޮށި ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން 248 މީޓަރ ސްކޯރިން އެޕްރަން ޖެހުމުގެ މަސައްކަތް، 2 ނެވިގޭޝަން އެއިޑް ގާއިމުކުރުމުގެ މަސައްކަތް، 74 މޫރިން ރިންގް ހަރުކުރުމުގެ މަސައްކަތް، 34 މޫރިން ބޮއި ހަރުކުރުމުގެ މަސައްކަތް، އެކްސެސް ޕްލެޓްފޯމް އެޅުން، 2×140 މީޓަރ ކޮންކްރީޓް ޖެޓީއެއް އެޅުން، 10 މަގުބައްތި ހަރުކުރުން އަދި 2104 އަކަ މީޓަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެ އެވެ. 
އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 59،919،360.12 ރުފިޔާއަށް، 365 ދުވަހުގެ ތެރޭ ނިންމުމަށެވެ.