އއ.ތޮއްޑޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސާސް-އީ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފި

25 ޖެނުއަރީ 2023

އއ.ތޮއްޑޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސާސް-އީ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފި
އއ.ތޮއްޑޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤްއެވެ. އަދި ސާސް-އީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސައުދުﷲ އަހުމަދު އެވެ.
މި މަޝްރޫޢަކީ ތޮއްޑޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ސޮއިކުރެވުނު މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން ތޮއްޑޫގައި 750 މީޓަރގެ ޖިއޯޓިއުބް ރިވެޓްމަންޓް ގާއިމުކުރުމުގެ އިތުރުން 17،000 ކޮޑިމީޓަރގެ ވެލިން ގޮނޑުދޮށް މުއްސަނދި ކުރުމުގެ މަސައްކަތް ކުރާނެ އެވެ.
20،338،480.63 ރުފިޔާއަށް މި މަޝްރޫޢު ސާސް-އީ އާ ހަވާލުކޯށްފައިވަނީ 365 ދުވަހުގެ ތެރޭ މަސައްކަތް ނިންމުމަށެވެ.