އއ.ރަސްދޫގައި 50 ހައުސިންގ ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި

04 ސެޕްޓެމްބަރު 2023

އއ.ރަސްދޫގައި 50 ހައުސިންގ ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި
އއ.ރަސްދޫގައި 50 ހައުސިންގ ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާޓުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމްއެވެ. އަދި އެސްޖޭ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލްއުސްތާޛް ޝިހާދު އިބްރާހީމްއެވެ. 
މި މަޝްރޫޢުގެ ދަށުން އއ.ރަސްދޫގައި 1000 އަކަފޫޓު ހުންނަ 50 ހައުސިންގ ޔުނިޓު އަޅާނެއެވެ. މި ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާހަނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހިމެނޭނެއެވެ. ހަމައެއާއެކު މި ހައުސިންގ ޔުނިޓުތަކުގައި ދިރިއުޅޭނެ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ޔުނިޓުތައް ވަށައިގެން އަލިކޮށް، އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކް ކުރާނެ ޖާގަ ކަނޑައެޅާނެއެވެ.
ދިވެހި ސަރުކާރުގެ PSIP ބަޖެޓުން މި މަޝްރޫއަށް 84،218،400 ރުފިޔާ ޚަރަދު ކުރަން ކަނޑައަޅާފައިވާއިރު، މި އަގަށް މި މަޝްރޫޢުގެ މަސައްކަތް އެސްޖޭ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭ ނިންމުމަށެވެ.