އއ. ރަސްދޫ މަޑިވަރު ފިނޮޅު އިއާދަކޮށް ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
03 ސެޕްޓެމްބަރު 2023

އއ. ރަސްދޫ މަޑިވަރު ފިނޮޅު އިއާދަކޮށް ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.
އެގޮތުން މި އެއްބަސްވުމުގެ ދަށުން އއ.ރަސްދޫ އިހްތިސާސްގައި ހިމެނޭ މަޑިވަރު ފިނޮޅުގެ ޮނޑުދޮށުން ވެލިގަނޑު ގިރާލައިގެން ގޮސްފައިވާތީ، ކުރިން އޮތް ގޮތަށް ރަށް އިއާދަކޮށް ދެމެހެއްޓެނިވިގޮތެއްގައި ރަށް ބޭއްވުމަށްޓަކައި ރަށް ވަށައިގެން 3 ހެކްޓަރުގެ ސަރަޙައްދެއް ވެލިން މުއްސަނދިކޮށް، ރަށުގެ ދެކުނު ފަރާތުގައި 415 މީޓަރުގެ ޖިއޯޓިއުބު ޤާއިމުކޮށް، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރާނެ އެވެ.
27،616،140 ރުފިޔާއަށް މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 250 ދުވަހުގެ ތެރޭ ނިންމުމަށެވެ.