އއ.މަތިވެރި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
12 މާރިޗު 2023

އއ.މަތިވެރި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ
ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ
ސީއީއޯ އާދަމް އާޒިމްއެވެ.
މި މަޝްރޫޢުގެ ދަށުން މަތިވެރީގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި
ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެއެވެ. އެގޮތުން ރަށުގެ ހުޅަނގު ފަރާތުގައި 45 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް، 63 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން އަދި، ދެކުނު ފަރާތުގައި 70 މީޓަރުގެ 5 ވައިގްރޮއިން، އިރުމަތީ ފަރާތުގައި 110 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި، 70 މީޓަރުގެ ވައިގްރޮއިން އަދި އިރުމަތީފަރާތް 5 މީޓަރު ފުޅާމިނަށް ގޮނޑުދޮށް ވެލިއެޅުމުގެ މަސައްކަތް ކުރާނެ އެވެ.
24,885,684.00 ރުފިޔާ އަށް އެމްޓީސީސީއާ މި މަަސައްކަތް ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭ ނިންމުމަށެވެ.