ގދ. ތިނަދޫގައި 200 ހައުސިންގް ޔުނިޓު އެޅުމުގެ މަސައްކަތް ސިއެރާ - ސްޓަރ ޖޮއިންޓް ވެންޗާ އާ ހަވާލުކޮށްފި
06 އޮކްޓޯބަރު 2022

ގދ.
ތިނަދޫގައި 200 ހައުސިންގް ޔުނިޓު އެޅުމުގެ މަސައްކަތް ސިއެރާ - ސްޓަރ ޖޮއިންޓް
ވެންޗާ އާ ހަވާލުކޮށްފިއެވެ.
މި
އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގ ޑިޕާޓްމަންޓްގެ
ޑިރެކްޓަރ ޖެނެރަލް އަޙުމަދު ވިޝާން ނަސީމް އެވެ. އަދި ސިއެރާ ކޮންސްޓްރަކްޝަން
އާއި ސްޓާ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެމް.އެޗް.ޕީ ޕްރަސާދު
އެރަތުނާއެވެ.
މި
އެއްބަސްވުމުގެ ދަށުން ތިނަދޫގައި އިމާރާތް ކުރެވިގެން ދާނީ 700 އަކަފޫޓުގެ 200
ހައުސިން ޔުނިޓެވެ. މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާހަނާ، ސިޓިންގް
ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯރޫމެއް ހިމެނޭނެ އެވެ. އަދި މި ހައުސިންގ
ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް
ޔުނިޓުތައް ވަށައިގެން އަލިކޮށް، ޕާކެއް ގާއިމްކޮށް، ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއް
ގާއިމް ކުރާނެ އެވެ.
ދިވެހި
ސަރުކާރުގެ 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން މި މަޝްރޫއަށް 253،990،863.00
ރުފިޔާ ހަރަދު ކުރާއިރު މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ
ތެރޭގައި ނިންމުމަށެވެ.