ޕަބްލިކް ވަރކްސް ސަރވިސަސް ޑިޕާޓްމަންޓް


ޕަބްލިކް ވާރކްސް ސާރވިސަސް ޑިޕާޓްމަންޓްގެ މައިގަނޑު މަސައްކަތު ތެރޭގައި ގުދުރަތީ ކާރިސާތަކާއި، ޙާދިސާތަކުން ލިބޭ ގެއްލުންތަކާއި ގުޅިގެން ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި މިނިސްޓްރީގެ ދާއިރާއިން ސަރުކާރަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، ޕަބްލިކް އިންފްރާސްޓްރަކްޗަރތަކަށް ލިބޭ ގެއްލުންތައް މަރާމާތުކޮށްދިނުމުގެ ކަންކަން ހިންގާ ވިލަރެސް ކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގެ ފަޅުފުން ކުރުމާއި، ނެރުފުންކުރުމާއި، ބަނދަރާއި، ފާލަމާއި، ކަނޑު ތޮއްޓާއި، އެއްގަމު ތޮށި މަރާމާތުކުރުމުގެ މަސައްކަތްތައް ކުރުމާއި، ދުއްވާތަކެއްޗާއި ހިނގާމީހުނަށް ދަތިނުވާނޭ ގޮތުގެމަތިން މާލޭގެމަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ޕާކިން އޭރިޔާތައް ހެދުން ފަދަ މަސައްކަތްތައް ހިމެނެއެވެ. އަދި ހަމައެއާއިއެކު ރަށްރަށުގެ މަގު މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވިލަރެސްކޮށް، ލޯކަލް ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް އެޚިދުމަތް ފޯރުކޮށް ދިނުމާއި، އެފަދަ މަސައްކަތްތައް މޮނިޓަރ ކުރުމާއި އަތޮޅުތަކުގެ ރަށްރަށުގައި އަލަށް އާބާދުކުރާ ސަރަޙައްދުތަކުގެ މަގުކޮށާ، ބިންގަނޑު އެއްވަރު ކުރުން ފަދަ މަސައްކަތްތައް ކުރުމަކީ ވެސް ޕަބްލިކް ވާރކްސް ސާރވިސަސް ޑިޕާޓްމަންޓްގެ މައިގަނޑު މަސައްކަތު ތެރޭގައި ހިމެނޭ ކަންކަމެވެ. ރައްޔިތުންގެ އިޖްތިމާއީ ދުޅަހެޔޮކަމަށް އަތޮޅުތަކުގެ ރަށްރަށުގައި ހަދަންޖެހޭ ފުޓްބޯޅަ ދަނޑާއި، އެހެނިހެން ކުޅިވަރު ފެސިލިޓީސް ޤާއިމް ކުރުމުގައި ލޯކަލް ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމާއި، މަގާއި، ބަނދަރާއި، ތޮށި މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ކޮންކްރީޓް ގަލާއި، ޓޭންކްތަކާއި، ރިވެޓްމަންޓް ބްލޮކް ފަދަ ތަކެތި ކާސްޓް ކުރުމުގެ މަސައްކަތް ކުރުމާއި ދައުލަތުގެ އޮފީސްތަކުގެ ޖާގަ ކަނޑައެޅުމަށް ޢިމާރާތްތަކުގައި ކުރަންޖެހޭ އިންޓީރިއާ މަސައްކަތްތައް ކުރުމާއި، ސަރުކާރުން ބޭނުންވާ ކަންތައްތަކުގައި މެކޭނިކަލް ވަރކްޝޮޕްގެ ޚިދްމަތްފޯރުކޮށް ދިނުމުގެ އިތުރުން ރައްޔިތުންގެ އިޖްތިމާޢީ ދުޅަހެޔޮކަމަށްޓަކައި މާލެސިޓީ ކައުންސިލުން ކުރާ މަސައްކަތްތަކަށް އަދި ސަރުކާރުން އިންތިޒާމްކުރާ ޚާއްސަ ޙަރަކާތްތަކަށް، މިނިސްޓްރީގެ ދާއިރާއިން ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުން ވެސް ޕަބްލިކް ވާރކްސް ސާރވިސަސް ޑިޕާޓްމަންޓްގެ މަސައްކަތު ތެރޭގައި ހިމެނެއެވެ.