ނޭޝަނަލް ޕްލޭނިންގ ޑިޕާޓްމަންޓް


ރާއްޖޭގެ ބިން ހެޔޮ ގޮތުގައި ބޭނުން ކުރުމަށް މުޅި ރާއްޖޭގެ ފިޒިކަލް ޑިވެލޮޕްމެންޓް އޮނިގަނޑެއް ކަނޑައަޅައި، މި އޮނިގަނޑުގެ ދަށުން ތައްޔާރު ކުރެވޭ ފިޒިކަލް ޑިވެލޮޕްމެންޓް ޕްލޭނާއި އަދި މިފަދަ އެހެނިހެން ޕްލޭންތައްކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި، މިންގަނޑުތައް ކަނޑައަޅައި، އެފަދަ ޕްލޭންތައް ކުރެވޭނީ މި އުސޫލުތަކާއި އެއްގޮތަށްތޯ ބެލުމާއި، ރާއްޖޭގެ ރަށްރަށުގެ ބިނާވެށި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށްޓަކައި މީހުން ދިރިއުޅޭ ރަށްރަށުގެ ބިން ބޭނުންކުރުމާއި، ބިން ތަރައްޤީ ކުރުމުގައި ބޭނުންވާ ލޭންޑް ޔޫސް ޕްލޭނާއި އަދި މި ޕްލޭނާ ގުޅޭ ޑިވެލޮޕްމެންޓް ކޮންޓްރޯލްތައް ހަދައި، ހިންގުމުގެ އޮނިގަނޑު އެކުލަވާލައި ބެލެހެއްޓުމާއި، މިހާރު އާބާދުކުރެވިފައިވާ ރަށްރަށާއި އަލަށް އާބާދު ވަމުންދާ ރަށްރަށުގެ ބިނާވެށީގެ ފެންވަރު ރަނގަޅު ކުރުމަށް (އާރބަން ރިވައިޓަލައިޒޭޝަނަށް) ބޭނުންވާ ބިން ނުވަތަ ޖާގަ ކަނޑައެޅުމާއި، އަދި އެފަދަ ތަންތަން ތަރައްޤީ ކުރުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައަޅައި، މަޝްރޫޢުތައް އެކުލަވާލައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މިކަންކަން ހިންގުން ހިމެނެއެވެ.
އަދި މީގެ އިތުރުން މާލެ ފަދަ އާބާދި އަދި ބިން ދަތި ރަށްރަށަށް ބޭނުންވާނެ ކަންތައްތައް ބަލައި، ދިރާސާކޮށް، މިފަދަ ރަށްރަށަށް އާރބަން ރީޑިވެލޮޕްމެންޓް ޕްލޭން ތައްޔާރު ކުރުމާއި، އެ ޕްލޭންގައި ކަނޑައެޅޭ ވަކި ވަކި ސަރަހައްދުތަކަށް އާރބަން ރީޑިވެލޮޕްމެންޓް މަޝްރޫޢުތަކުގެ މަޤްސަދު ޚާޞިލު ވޭތޯ ބެލުމާއި، އާރބަން ސަރަހައްދުގެ ގޮތުގައި ކަނޑައެޅޭ ސަރަހައްދު ތަކުގައި ހިމެނޭ ތަފާތު އާރބަން އޭރިޔާތަކާއި ޚިދުމަތްދޭ މަރުކަޒުތަކާއި، އިޤްތިޞޯދީ، އިޖްތިމާއީ ކަންކަމަށް ކަނޑައެޅިފައިވާ، ސަރަހައްދު ނުވަތަ ރަށްރަށް ވެސް ހިމެނޭ ގޮތަށް، އާރބަން ސަރަހައްދުގެ މާސްޓަރޕްލޭން ހަދައި، މައިގަނޑު އިންފްރާސްޓްރަކްޗަރ ތަކާއި ޚިދުމަތްތައް އިންޓެގްރޭޓް ކުރެވޭނެ ގޮތްތަކެއް އެކުލަވައި ލުމާއި، އާރބަން ސަރަހައްދުގައި ހިމެނޭ އާރބަން ސެންޓަރުތަކުގެ ތެރެއިން ކަނޑައެޅޭ ސެންޓަރުތަކުގެ ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން ހެދުމާއި، އަދި މިސަރަހައްދުގައި ހިމެނޭ މީހުން ދިރިއުޅޭ ރަށްރަށާއި އެހެނިހެން ރަށްރަށުގެ ޕްލޭން ހެދުމުގެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި، އާބާދީ ގިނަ އަދި އިޤްތިޞާދީ، އިޖްތިމާއީ، މަރުކަޒެއްކަމަށް ކަނޑައެޅޭ ރަށްރަށާއި އަދި އާރބަން ސެންޓަރުތަކަށް ބޭނުންވާ އަރބަން ޑިވެލޮޕްމެންޓް މާސްޓަރޕްލޭން އެކުލަވައިލުމާއި، މިޕްލޭނާ އެއްގޮތަށް ތަރައްޤީކޮށް ހިންގުމަށް އާރބަން ޑިވެލޮޕްމެންޓް މެނޭޖްމެންޓް ނިޒާމެއް ޤާއިމްކުރުމާއި، އަރބަން ޑިވެލޮޕްމެންޓް މާސްޓަރޕްލޭންގައި ކަނޑައެޅޭ ވަކިވަކި ސަރަހައްދުތަކަށް އަރބަން ޑިވެލޮޕްމެންޓް މަޝްރޫޢުތައް ފާހަގަކޮށް، މިފަދަ މަޝްރޫޢުތައް ހިންގުމަށް މަގުފަހިކޮށް، އަދި މި މަޝްރޫޢުތަކުގެ މަޤްޞަދު ޚާޞީލްވޭތޯ ބެލުމެވެ.

ޑިޕާޓްމަންޓްގެ ޤާނޫނާއި ޤަވާއިދުތައް

އިތުރު ޤާނޫނާއި ޤަވާއިދުތައް
16 އޯގަސްޓު 2021
Planning Related Regulations