އިންފްރާސްޓްރަކްޗަރ ޑިޕާޓްމެންޓްގެ މައިގަނޑު މަސްޢޫލިއްޔަތަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އަދި މިނިސްޓްރީގެ މެންޑޭޓްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމުގެ މަޝްރޫޢުތައް ރޭވުމާއި، ޕްރޮޖެކްޓާއި ގުޅުން ހުރި ޑިޒައިންތައް ތައްޔާރުކުރުމާއި، ޕްރޮޖެކްޓް ހިންގުން (ޕްރޮޖެކްޓް މެނޭޖްކުރުން)، އަދި ދަޢުލަތުގެ އެންމެހާ އިމާރާތްތަކާއި އިންފްރާކްޓްރަކްޗަރ، ބޭނުންކުރަމުން ދާގޮތާއި ހާލަތު އެނގޭނެ ފަދަ ގޮތަކަށް މަޢުލޫމާތު އެއްކުރުމާއި، މިނިސްޓްރީ އިން ބަލަހައްޓަންޖެހޭ ޢިމާރާތްތަކާއި އިންފްރާސްޓްރަކްޗަރތަކުގެ މަރާމާތުގެ މަސައްކަތް ތަކަށް ބޭނުންވާ ފަންނީ ލަފާ ދިނުމާއި، މިތަންތަން ތަރައްޤީކޮށް ކުރިއެރުވުމަށް ކުރަންޖެހޭ ކަންތައްތައް ރާވާ، ހިންގާ ބެލެހެއްޓުމެވެ.
މިގޮތުން އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް އިން ކުރަން ހަމަޖެހިފާއިވާ މަސައްކަތްތަކަކީ ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ބަނދަރުތައް ހެދުމާއި، ބަނދަރު ހެދުމާއި ގުޅިގެން ބަނދަރުމަތީ ޖަހަންޖެހޭ ބައްތި ޖެހުމާއި، ބަނދަރުތައް މަރާމާތުކުރުމާއި، ކޯސްވޭ އެޅުމާއި، މަގުހެދުމާއި، ބްރިޖް އެޅުމާއި، ޖެޓީތައް އެޅުމުގެ މަޝްރޫޢުތައް ހިންގުމާއި، ރަށްރަށުގެ ގެތަކާއި ފްލެޓް އެޅުމުގެ މަސައްކަތް ކުރުމާއި، މިގެތަކަށް ބޭނުންވާ ކަރަންޓާއި، ނަރުދަމާ އަދި ފެން ފޯރުކޮށްދިނުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި މަސައްކަތް ކުރުމާއި، ލޯން އެހީގެ ދަށުން ލިބޭ ޕްރޮޖެކްޓް ތަކުގެ މަސައްކަތް ކުރުމާއި، ސަރުކާރުން ކަނޑައަޅައި ރަށްރަށުގެ ރޯޑް ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރުމާއި، ބިން ހިއްކުމުގެ މަސައްކަތާއި، ހިއްކުމާއި ގުޅިގެން ޖަހަންޖެހޭ ރިވެޓްމެންޓް މަސައްކަތާއި، މަރާމާތު ކުރުމުގެ މަސައްކަތް ކުރުމާއި، މި މަޝްރޫޢުތަކާއި ގުޅުން ހުރި އެހެނިހެން މަޝްރޫޢުތައް ރާވާ ހިންގުމެވެ. މީގެ އިތުރުން ގުދުރަތީ ގޮތުންނާއި އެނޫން ގޮތްގޮތުން ކުރިމަތިވާ ކާރިސާ ތަކާއި ހާދިސާ ތަކާއި ގުޅިގެން ރަށްރަށުގެ ޕަބްލިކް އިންފްރާސްޓްރަކްޗަރ ތަކަށް ލިބޭ ގެއްލުންތައް މަރާމާތު ކޮށްދިނުމުގެ ކަންތައް ހިންގައި ވިލަރެސް ކުރުން ހިމެނެއެވެ.