ހައުސިންގ ޑިޕާރޓްމަންޓުގެ
މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތު
އެކުލަވާލުމުގެ މަސައްކަތް ކުރިއަށްގެންގޮސް، އެ ސިޔާސަތުގެ ދަށުން ސިޔާސަތު
ތަންފީޒުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުމާއި، ކަނޑައެޅޭ
މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮންމެ ރައްޔިތަކަށްވެސް ދިރިއުޅުމަށް
ކަމުދާ ފެންވަރުގެ ހިޔާވައްސެއް ލިބިދެވޭނެ ގޮތްތައް ރާވައި، އެކަމަށް މަގުފަހިކުރެވޭނެ ގޮތަށް ކަމާބެހޭ
އުސޫލުތައް އެކުލަވާލައި އެ އުސޫލުތައް ހިންގުމާއި، ހިޔާވަހިކަމުގެ މަޝްރޫޢުތައް
ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެކުލަވައިލުމާއި، އެފަދަ މަޝްރޫޢުތައް ހިންގުމާއި، ސަރުކާރުން ހިންގާ ހިޔާވަހިކަމުގެ މަޝްރޫޢުތައް
ހިނގާނުހިނގާގޮތް ބެލުން ހިމެނެއެވެ. އަދި ހިޔާވަހިކަމުގެ ޕްރޮގްރާމްތަކުގެ
ތެރެއިން ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކުރާ ތަންތަނުގެ ތެރެއިން މިނިސްޓްރީން
ބެލެހެއްޓުމަށް ކަނޑައަޅާ ތަންތަން ހިންގައި ބެލެހެއްޓުމާއި، އެއްމެދު
ޢިމާރާތްތަކާބެހޭ ޤަވާއިދުތައް ހަދައި، ބެލެހެއްޓުމުގެ އިތުރުން ޤުދުރަތީ ގޮތުންނާއި، އެނޫން ގޮތްގޮތުން ކުރިމަތިވާ ކާރިޘާތަކާއި، ހާދިޘާތަކާ ގުޅިގެން، ދިރިނޫޅެވޭވަރަށް ގެދޮރަށް ގެއްލުން ލިބޭ މީހުންނަށް
ދާއިމީ ހިޔާވަހި ބިނާކޮށްދިނުމުގެ ކަންތައް ހިންގައި ވިލަރެސްކުރުން ހިމެނެއެވެ.