ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިޕާރޓްމަންޓްގެ މަސައްކަތްތަކަކީ، މިނިސްޓްރީގެ މެންޑޭޓްގެ ތެރެއިން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ކަނޑައަޅާފައިވާ ޕޮލިސީ އަދި ސްޓްރެޓަޖީ އާއި އެއްގޮތަށް ރާއްޖޭގެ ކޮންސްޓްރަކްޝަން ސެކްޓަރ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ބޭނުންވާ ސިޔާސަތު ކަނޑައަޅައި، ތަރައްޤީކޮށް ކުރިއެރުވުމަށް ކުރަންޖެހޭނެ ކަންތައްތައް ރާވާ، ލަފާދީ، ހިންގާ އެކަންތައްތައް ބެލެހެއްޓުމެވެ.
މިގޮތުން ކޮންސްޓްރަކްޝަން ސެކްޓަރާ ބެހޭގޮތުން އެކުލަވާލަންޖެހޭ ޤާނޫނާއި، ޤަވާޢިދުތަކާއި، ކޯޑްތަކާއި، ސްޓޭންޑަރޑްތައް ހަދާ، ތަންފީޛުކުރުމާއި އެފަދަ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކަންތައްތައް ބަލަހައްޓައި، ހިންގުމާއި ޢިމާރާތްކުރުމުގެ ބޭނުމަށް ދިވެހިރާއްޖެއަށް އެތެރެކޮށް އަދި އުފައްދައި ތަކެތީގެ ފެންވަރު ބަލައި ޙުއްދަ ދިނުމާއި ޢިމާރާތްކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ކޮންޓްރެކްޓަރުންނާއި ފަންނީ ފަރާތްތަކާއި، ހުއްދަ ދޫކުރާ އިދާރާތަކާއި، ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އުފައްދާ ފަރާތްތަކާއި އެތެރެކުރާ ފަރާތްތަކާއި، ޢިމާރާތްކުރުމުގެ ތަކެތި ޓެސްޓުކުރާ ލެބޯޓްރީ ފަދަ ޚިދުމަތްދޭ ފަރާތްތައް ރަޖިސްޓަރީކުރުމާއި، އެ ފަރާތްތަކަށް ލައިސަންސް ދިނުމާއި އެފަރާތްތައް މޮނިޓަރ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކޮންސްޓްރަކްޝަން ދާއިރާ ކުރިއެރުވުމާއި، ހިންގުމަށްޓަކައި ބޭނުންވާ ދިރާސާތައް ކުރުމާއި ކޮންސްޓްރަކްޝަނާ ބެހޭ ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކުގެ އެހީގައި މި ދާއިރާ ކުރިއަރުވަން މަސައްކަތްކުރުމާއި، ރާއްޖޭގައި ކޮންސްޓްރަކްޝަން ދާއިރާއިން ކަމާބެހޭ ފަރާތްތަކަށް ދޭންޖެހޭ ލަފާދިނުމާއި، މި ދާއިރާގެ މަޢުލޫމާތުތަކާއި ސްޓެޓިސްޓިކްސްތައް އެއްކުރުމާއި އެނަލައިޒްކުރުމާއި، ދާއިރާގައި ކުރެވޭ މަސައްކަތްތަކުގެ ފެންވަރު ބެލެހެއްޓުމަށްޓަކައި ޢިމާރާތްކުރުމުގެ ޙުއްދައަށް އެދޭ ކުރެހުންތަކުގެ ތެރެއިން މިނިސްޓްރީއަށް ހުށަހެޅޭ ކުރެހުންތައް ހުރީ ޤާނޫނާއި، ޤަވާޢިދުތަކާއި ކޯޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިންތޯ ބެލުމާއި، ޢިމާރާތްތަކުގެ ފައުންޑޭޝަން ސިސްޓަމަށް ހުއްދަ ދިނުމާއި، މި ދާއިރާއާ ގުޅޭގޮތުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް ބެލުމާއި ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ފިޔަވަޅުތައް އެޅުން، މި ދާއިރާގެ މަޢުލޫމާތު އާންމުކުރުމާއި، ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ އެކަށޭނެ މީހުން ތަމްރީނުކުރުމާއި، އައު ޓެކްނޮލޮޖީތައް ސަރުކާރުގެ ދާއިރާތަކާއި އިންޑަސްޓްރީއާ ގުޅިގެން ތަޢާރަފްކުރުމެވެ. މީގެއިތުރުން ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ އޮފީސްޖާގަ ކަނޑައެޅުމާއި، ސަރުކާރުގެ ޢިމާރާތްތަކުގެ ޖާގަ ބޭނުންކުރާނެގޮތުގެ މިންގަނޑުތައް ކަނޑައަޅައި، އެ މިންގަނޑުތަކަށް ޢަމަލުކުރަމުންދޭތޯ ބެލުން ހިމެނެއެވެ.