ޚަބަރު

ގއ. ގެމަނަފުށި އަދި ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިން އަދި އީ.އައި.އޭ ތައްޔާރުކުރުމަށް ޑިވެލޮޕްމަންޓް ކޮލެބޮރޭޓިވް ޕާރޓްނާޝިޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި

ގއ. ގެމަނަފުށި އަދި ގދ. ރަތަފަންދޫ  ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިން އަދި އީ.އައި.އޭ ތައްޔާރުކުރުމަށް ޑިވެލޮޕްމަންޓް ކޮލެބޮރޭޓިވް ޕާރޓްނާޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤެވެ. އަދި ޑިވެލޮޕްމަންޓް ކޮލެބޮރޭޓިވް ޕާރޓްނާޝިޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ އިންޖިނިއަރ، އަބްދުﷲ ނައުޝާދެވެ.

މި މަޝްރޫޢުގެ ދަށުން ގއ. ގެމަނަފުށި އަދި ގދ.ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަށް ބޭނުންވާ ޑީޓެއިންޑް ޑިޒައިނާއި އެންވަޔަރަމަންޓަލް އިންޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) ތައްޔާރުކުރުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.

507,104.00 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 18 ހަފްތާގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ގއ. ގެމަނަފުށި އަދި ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިން އަދި އީ.އައި.އޭ ތައްޔާރުކުރުމަށް ޑިވެލޮޕްމަންޓް ކޮލެބޮރޭޓިވް ޕާރޓްނާޝިޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި

34 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ޑިޒައިން ކުރުމާއި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓް ކުރުމަށް ޝާހު ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި

34 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ޑިޒައިން ކުރުމާއި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓް ކުރުމަށް ޝާހު ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި

އދ. ހަންޏާމީދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި

އދ. ހަންޏާމީދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤެވެ. އަދި މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އާދަމް އާޒިމެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން މި ރަށުގެ ފެނުގެ ނިޒާމް ފަރުމާކުރުމާއި ރަށުގައި ފެނުގެ ވިޔުގަ އެޅުމާއި، އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމުގެ އިތުރުން، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ.

21,651,878.00 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 22 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

އދ. ހަންޏާމީދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި

ހަ ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިނިން އަދި އީ.އައި.އޭ ތައްޔާރުކުރުމަށް ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާރޓްނާޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި

ހަ ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިނިން އަދި އީ.އައި.އޭ ތައްޔާރުކުރުމަށް ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާރޓްނާޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ. މި ހަ ރަށުގެ ތެރޭގައި ހިމެނެނީ ކ. ތުލުސްދޫ، ށ. މިލަންދޫ، ޅ. ކުރެންދޫ، ޅ. އޮޅުވެލިފުށި، ހއ. އުލިގަމު އަދި އދ. އޮމަދޫ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ޝާނާ ފާރޫޤެވެ. އަދި ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާރޓްނާޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާރޓްނާޝިޕް ޕްރަވެޓް ލިމިޓެޑްގެ މެނޭޖިންގ އިންޖިނިއަރ، އަބްދުﷲ ނައުޝާދެވެ.

މި މަޝްރޫޢުގެ ދަށުން ކ. ތުލުސްދޫ، ށ. މިލަންދޫ، ޅ. ކުރެންދޫ، ޅ. އޮޅުވެލިފުށި، ހއ. އުލިގަމު އަދި އދ. އޮމަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަށް ބޭނުންވާ ޑީޓެއިންޑް ޑިޒައިންއާއި އެންވަޔަރަންމަންޓަލް އިންޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) ތައްޔާރުކުރުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.

1,534,562.00 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 126 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްޜޫޢުއެކެވެ.