ވ.އަތޮޅު ފޮއްތެޔޮފަޅުގައި، އާރަށެއް ތަރައްޤީ ކުރުން:

ވ.އަތޮޅަކީ އާބާދީ ގޮތުންނާއި ބިމުގެ ޖާގައިގެގޮތުން ރާއްޖޭގެ އެންމެ ކުޑަ އަތޮޅަށް ވުމާއެކު އެއަތޮޅުގެ ރައްޔިތުންނަށް ވަރަށް ގިނަ ދަތިތަކާ ދިމާވެއެވެ. އަދި އެއަތޮޅުގެ ތިން ރަށަކުން އެކިފަހަރުމަތިން އެހެންރަށަކަށް ބަދަލުވުމަށް އެދިފައިވެއެވެ. އެހެންކަމުން އާބާދީއާއި ތަރައްޤީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ވ.އަތޮޅު، ފޮއްތެޔޮ ފަޅުގެ ދެކުނުކޮޅުން ސަރަހައްދެއް ހިއްކައިގެން ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކީއްވެގެންތޯ އާރަށެއް ހިއްކަންޖެހެނީ ؟

ވ.އަތޮޅުގެ ރަށްތަކަކީ އުފެދުމުގައި ވާގޮތުން އިތުރަށް ބިން ތަރައްޤީ ކުރުމުގެ ފުރުޞަތު އޮތް ރަށްތަކެއް ނޫނެވެ. އެހެންކަމުން އިތުރު އާބާދީއެއް ގެންގޮސް ތަރައްޤީ ކުރުމަށް ބަލާއިރު އެފުރުޞަތު ވެސް އެއަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް ހަމަޖެއްސޭކަށް ނެތެވެ.

މިރަށަށް ބަދަލު ކުރެވެނީ ކޮންރަށްރަށެއްގެ ރައްޔިތުންނެއްތޯ ؟

މިރަށް ތަރައްޤީ ކުރުމުގައި ރޭވިފައިވާ ކަންތައްތަކަކީ ކޮބާތޯ ؟

މޮހޮރާފަރުގައި ރޭވިފައިވަނީ ކޮންފެނަވަރެއްގެ އެއަރޕޯޓެއްތޯ ؟

އަލަށް ތަރައްޤީ ކުރެވޭ މިރަށުގައި މިހާރު ޕްލޭން ކުރެވިފައިވަނީ ޑޮމެސްޓިކް އެއަރޕޯޓެއް ހެދުމަށެވެ. ނަމަވެސް މިއީ މުސްތަޤުބަލުގައި އިތުރަށް ތަރައްޤީ ކުރެވޭ ގޮތަށް ބައްޓަން ކުރެވިފައިވާ އެއަރޕޯޓެކެވެ.

މިމަޝްރޫޢާއި މެދު އެއަތޮޅުގެ ރައްޔިތުން ދެކޭގޮތަކީ ކޮބާތޯ ؟

މިމަޝްރޫޢަށް މިހާތަނަށް ކުރެއްވިފައިވާ މަސައްކަތްތަކަކީ ކޮބާތޯ ؟

މިހާރު މަޝްރޫޢަށް ކުރަމުން ގެންދާ ކަންތައްތަކަކީ ކޮބާތޯ ؟

މިމަޝްރޫޢުގެ ސަބަބުން އެރަށަށް ބަދަލުވާ ރައްޔިތުންނަށް ލިބޭނެ ފައިދާ ތަކަކީ ކޮބާތޯ ؟

މިރަށް ވެގެންދާނީ ރައްކާތެރި ރަށެއްގެ ގޮތުގައިތޯ ؟

އަލަށް އުފައްދާ މިރަށަކީ ރައްކާތެރި ރަށެއްގޮތަށް (ނުވަތަ ސޭފަރ އައިލޭންޑެއް) ގޮތުގައި އަދި މާނައެއް ނުކުރެވެއެވެ. ރައްކާތެރި ރަށްތައް ކަނޑައެޅުމަށް އެކަށީގެންވަނީ އިތުރު ފަންނީ ދިރާސާތަކެއް ކުރުމަށްފަހުއެވެ. އެހެންނަމަވެސް މިރަށް މިހާރު ހަދާއިރު ރަށްގިރުން ފަދަ ތިމާވެއްޓަށް ލިބޭ ގެއްލުން ތަކުން ކުޑަކުރުމަށް ރަށް ވަށައިގެން ގަސްއިންދުން ނުވަތަ ތޮށިގަނޑެއް ލެވޭނެއެވެ.

މިމަޝްރޫޢަށް ފައިސާ ހޯއްދަވަނީ ކިހިނަކުންތޯ ؟

މިމަޝްރޫޢަށް ބޭނުންވާ ފައިސާ ސަރުކާރުގެ ބަޖެޓުގައި ނެތުމުން މިމަޝްރޫޢު ކުރިއަށް ގެންދެވުމަށްޓަކައި ޑިވެލޮޕަރަކާއި ޙަވާލު ކުރެވޭނެއެވެ. ބޭނުމީ ސިނާއީ އަދި އިޤްތިޞާދީ މަސައްކަތްތަކާއި އެކު މިރަށް ތަރައްޤީ ކުރުމަށެވެ.

މިމަޝްރޫޢުގައި ޑިވެލޮޕަރު ކުރަންޖެހޭ ކަންތައްތަކަކީ ކޮބާ؟

ޑިވެލޮޕަރުގެ މަސައްކަތަކީ ހިއްކުމަށްވާ ސަރަހައްދު، އެއަރޕޯޓް އަދި އާންމުން ދިރިއުޅޭ ސަރަހައްދު ތަރައްޤީ ކުރުމެވެ. ނަމަވެސް ޑިވެލޮޕަރުގެ ފަސޭހައަށް ސަބް ކޮންޓްރެކްޓެއްގެ ދަށުން އެހެން ޑިވެލޮޕަރަކާއި ނުވަތަ ޑިވެލޮޕަރުތަކަކާއި މިމަސައްކަތްތައް ޙަވާލު ކުރެވިދާނެއެވެ. ނުވަތަ މިކަމަށްދާ ޚަރަދު ސަރުކާރަށް ދީފައި މިމަޝްރޫޢު ކުރިއަށް ގެންދެވުމަށް ދެވިދާނެއެވެ.

މިމަޝްރޫޢުގެ ސަބަބުން މިމަޝްރޫޢުގެ ޑިވެލޮޕަރަކަށް ލިބޭ ފައިދާ އަކީ ކޮބާތޯ ؟

މިމަޝްރޫޢުގެ ދަށުން ހިއްކޭ ސަރަހައްދުން ބައެއް އެޑިވެލޮޕަރަކަށް ލިބޭނެއެވެ. މީގެއިތުރުން 3 ރިސޯޓް ތަރައްޤީ ކުރުމުގެ ފުރުޞަތު އެޑިވެލޮޕަރަކަށް ލިބޭނެއެވެ. ނަތީޖާއެއްގެ ގޮތުން އެޑިވެލޮޕަރު މިމަޝްރޫއަށް ކުރާ ޚަރަދުތަކުގެ ބަދަލު ލިބުން އަވަސްވެ މަޝްރޫޢު ހަލުވިވެގެންދާނެއެވެ.